الَّذِينَ آتَيْنَاهُمُ الْكِتَابَ يَتْلُونَهُ حَقَّ تِلَاوَتِهِ أُولَٰئِكَ يُؤْمِنُونَ بِهِ ۗ وَمَنْ يَكْفُرْ بِهِ فَأُولَٰئِكَ هُمُ الْخَاسِرُونَ
ދިވެހި
ތިމަންރަސްކަލާނގެ އެއުރެންނަށް ފޮތް ދެއްވި މީހުން އެފޮތް ކިޔަވަންވީ حق ގޮތުގައި އެފޮތް ކިޔަވައި އުޅެތެވެ. އެއުރެން އެ ފޮތަށް إيمان ވެތެވެ. އަދި އެފޮތަށް كافر ވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ގެއްލެނިވެގެންވާ މީހުންނެވެ.
: