كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ
ދިވެހި
މީސްތަކުން އެއް أمّة އެއްގެ ބަޔަކު ކަމުގައިވިއެވެ. ދެންފަހެ، اللَّه، އުފާވެރިކަމުގެ خبر ދޭ ބަޔެއްގެ ގޮތުގައްޔާއި އަދި إنذار ކުރަނިވި ބަޔެއްގެ ގޮތުގައި ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މީސްތަކުން އެއުރެންގެ މެދުގައި خلاف ވި ކަންތައްތަކުގައި حكم ކުޅައުމަށް، އެބޭކަލުންނާ އެކުގައި حق ގޮތުގައި ފޮތް ބާވައިލެއްވިއެވެ. އެފޮތް ލިބިގެންވާ މީހުން މެނުވީ، އެ ފޮތާ މެދުގައި خلاف އެއް ނުވިއެވެ. (އެއީ) އެއުރެންގެ ގާތަށް بيان ވެގެންވާ ހެކިތައް އައުމަށްފަހުގައެވެ. އެއުރެންގެ މެދުގައިވާ عداوة ތެރި ކަމާއި حسد ވެރި ކަމުގެ ގޮތުންނެވެ. ދެން އެއުރެން خلاف ވެފައިވާ ކަންތަކާމެދުގައި إيمان ވި މީސްތަކުންނަށް، اللَّه، އެކަލާނގެ إذن ފުޅުން حق ތެދުމަގު ދެއްކެވިއެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވަތެވެ.
: