وَإِذَا قِيلَ لَهُمْ آمِنُوا بِمَا أَنْزَلَ اللَّهُ قَالُوا نُؤْمِنُ بِمَا أُنْزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَاءَهُ وَهُوَ الْحَقُّ مُصَدِّقًا لِمَا مَعَهُمْ ۗ قُلْ فَلِمَ تَقْتُلُونَ أَنْبِيَاءَ اللَّهِ مِنْ قَبْلُ إِنْ كُنْتُمْ مُؤْمِنِينَ
ދިވެހި
އަދި اللَّه ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެން إيمان ވާނީ، ތިމަންމެންގެ މައްޗަށް ބާވައިލެއްވި ފޮތަށެވެ. އޭގެފަހުން ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) އެއުރެން كافر ވަނީ، އެއުރެންނާ އެކުގައިވާފޮތް (އެބަހީ: توراة) ތެދުކުރާ حق ފޮތްކަމުގައި، އެ قرآن ވާ حال ގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން مؤمن ން ކަމުގައިވަނީނަމަ، މީގެކުރީގައި ތިޔަބައިމީހުން اللَّه ގެ ނަބިއްޔުން قتل ކޮށް އުޅުނީ ފަހެ، ކީއްވެގެންހެއްޔެވެ؟
: