وَإِذَا جَاءَتْهُمْ آيَةٌ قَالُوا لَنْ نُؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَا أُوتِيَ رُسُلُ اللَّهِ ۘ اللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُ ۗ سَيُصِيبُ الَّذِينَ أَجْرَمُوا صَغَارٌ عِنْدَ اللَّهِ وَعَذَابٌ شَدِيدٌ بِمَا كَانُوا يَمْكُرُونَ
ދިވެހި
އެއުރެންގެ ގާތަށް آية އެއް އަތުވެއްޖެނަމަ، އެއުރެން ބުނެތެވެ. اللَّه ގެ رسول ންނަށް ދެއްވިފަދަ ތަކެތި، ތިމަންމެންނަށްވެސް ދެއްވައިފުމަށް ދާނދެން، ތިމަންމެން إيمان އެއް ނުވާނޫއެވެ. اللَّه، އެކަލާނގެ رسول ކަން ދެއްވާނެ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. ފާފަވެރިވީ މީހުންނަށް، އެއުރެން މަކަރުހަދައި އުޅުނުކަމުގެ ސަބަބުން، اللَّه ގެ حضرة ގައި ނިކަމެތިކަމާއި، ގަދަވެގެންވާ عذاب އައިސްޖެހޭހުށްޓެވެ.
: