مَا كَانَ لِأَهْلِ الْمَدِينَةِ وَمَنْ حَوْلَهُمْ مِنَ الْأَعْرَابِ أَنْ يَتَخَلَّفُوا عَنْ رَسُولِ اللَّهِ وَلَا يَرْغَبُوا بِأَنْفُسِهِمْ عَنْ نَفْسِهِ ۚ ذَٰلِكَ بِأَنَّهُمْ لَا يُصِيبُهُمْ ظَمَأٌ وَلَا نَصَبٌ وَلَا مَخْمَصَةٌ فِي سَبِيلِ اللَّهِ وَلَا يَطَئُونَ مَوْطِئًا يَغِيظُ الْكُفَّارَ وَلَا يَنَالُونَ مِنْ عَدُوٍّ نَيْلًا إِلَّا كُتِبَ لَهُمْ بِهِ عَمَلٌ صَالِحٌ ۚ إِنَّ اللَّهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ
ދިވެހި
المدينة ގެ أهل ވެރިންނާއި، އެއުރެންގެ ވަށައިގެންތިބޭ أعرابى ންގެ މީހުންނަކަށް، اللَّه ގެ رسول އާ އަރިހުގައި (ހަނގުރާމަޔަށް) ނުގޮސް ފަސްޖެހިފައި ތިބުމެއްނެތެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅަށްވުރެ، އެއުރެންގެ ފުރާނަތަކަށް އިސްކަންދިނުމެއްނެތެވެ. އެހެނީ، އެއުރެންނަށް صالح عمل އެއް ކަމުގައި ލިޔެވިގެން މެނުވީ، އެއުރެންނަށް އަނގަހިއްކުމެއް، އަދި ވަރުބަލިކަމެއްވެސް، އަދި ބަނޑުހައިހޫނުކަމެއްވެސް، اللَّه ގެ މަގުގައި އެއުރެންނަކަށް ނުޖެހޭނެއެވެ. އަދި كافر ން ރުޅިއަރާނެ ތަނަކަށް، އެއުރެންނަކަށް ފިޔަވަޅެއް ނޭޅޭނެތެވެ. އަދި عداوة ތެރިއެއްގެ ކިބައިން ގެއްލުމެއް އެއުރެންނަކަށް ނުލިބޭނެތެވެ. ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ.